އެންމެ ފަހުން އެމްޑީޕީގެ ދޮންނަ މެޝިނުން ހުދު ޖަނގިޔާ ވެސް ދޮވެލައިފި!

ދިވެހިރާއްޖޭގައި އަދި ދުނިޔޭގައި ވެސް އޮތް އެންމެ ޑިމޮކްރެޓިކް ޕާޓީކަމަށް ދައުވާ ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ދޮންނަ މެޝިނެކޭ ބުނެފި ނަމަ އެޕާޓީގެ މެންބަރުންނަށް އެވާހަކަ ޤަބޫލުކުރަން ދަތިވެދާނެއެވެ. އެހެން ނަމަވެސް އެއީ މިއަދު ރާއްޖޭގެ ސިޔާސީ މައިދާނުން ފެންނަމުންދާ ހަގީގަތެވެ.

ކިތަންމެ ބޮޑު މުޖްރިމަކު ވެސް އެމްޑީޕީ އާއި އެއްކޮޅަށް ބެހެއް ބުނެލާއިރަށް އެއީ ޤައުމީ ބަތަލަކަށް ވެއެވެ. އަދި ހަމަ އެގޮތަށް އެމްޑީޕީން ސަނާ ކިޔަމުންދާ މީހަކު އެޕާޓީގެ ލާދީނީ ފިކުރާއި އިދިކޮޅަށް ބަހެއް ބުނާއިރަށް އެއީ ބާޣީއަކަށް ވެދެއެވެ.

ސުރުޚީގައި ހުދު ޖަނގިޔަލުގެ ވާހަކަ ލިޔުނީ ވެސް އިތުރު ތައާރަފަކަށް ނުގޮސް މިދައްކަން އުޅޭ ވާހަކަ އެނގޭނެ ގޮތަށެވެ. ކޮލަމްބޯގެ ހޮޓަލެއްގައި ހުނދު ޖަނގިޔަލުގައި ސުޕްރީމް އަމަލުތަކެއް ހިންގެވި ބޭފުޅާ އާއި ދެކޮޅަށް އެންމެ ވަރުގަދައަށް ތެދުވީ އެމްޑީޕީންނެވެ. އެހެން ނަމަވެސް އޭގެ 5 ވަރަކަށް އަހަރު ފަހުން މިއަދު އެމްޑީޕީން ނިކުމެ ތިބީ އެ ޖަނގިޔަލުގެ ހުދު ވާހަކަ ކިޔައިދިނުމަށެވެ.

އެމްޑީޕީގެ ދޮންނަ މެޝިނުން ހުދު ޖަނގިޔާ ވެސް ދޮވެލީއެވެ. މިއަދު އެ ޖަނގިޔަލުގެ ވެރިފަރާތަކީ އެމްޑީޕީ އަށް ބަތަލެކެވެ.

 

Leave a Reply

Your email address will not be published.