ސަރުކާރާއި އެކު ސިއްރު މަޝްވަރާތަކެއް ނަޝީދު ކުރިކަމަށް އެމްޑީޕީން އެއްބަސްވެއްޖެ

ގާޒީއެއް ވަގަށް ނެގި ކަމުގެ ކުށް ސާބިތުވެފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިދިކޮޅު ފަރާތްތަކަށް ސިއްރުން ސަރުކާރާއި އެކު  މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެމްޑީޕީން އެއްބަސްވެއްޖެއެވެ.

އެޕާޓީގެ ފަރާތުން މިގޮތަށް އެއްބަސްވެ އެކަން ހާމަކުރީ ޗެއާޕާސަން ހަސަން ލަތީފެވެ.

ވަރަށް ބޮޑަށް ރޭރުވެފައި ހުރެ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވެފައި ވަނީ  ނަޝީދު ސަރުކާރާ މަޝްވަރާކޮށްފައިވަނީ ތިންވަނަ ފަރާތެއް މެދުވެރިކޮށްކަމަށެވެ.

ނަޝީދު ސަރުކާރާއި އެކު ސިއްރުން މަޝްވަރާތައް ކުރިއަށޤ ގެންދިޔަ ކަމަށް ސަރުކާރުން ހާމަކުރުމުން އެމްޑީޕީގެ އިސް އެކްޓިވިސްޓުން ދިޔައީ އެއީ ދޮގެެއް ކަމަށް ބުނަމުންނެވެ.

Leave a Reply

Your email address will not be published.