ވެރިކަން ވެއްޓޭނެއޭ ހިތާ ލޮލަށް ނިދި ނައިސްގެން އުޅޭ ބައިގަނޑެއް ދަންވަރު ގަޑީގައި މާލޭގެ މަގުތަކުގައި!

މީހަކު ކަމަކަށް މާބޮޑަށް އުއްމީދުކުރަން ފަށައިފި ނަމަ އޭނާ އަށް އެހެން ކަންކަމާއި ވިސްނުމަކީ ވެސް ވަރަށް އުނދަގޫ ކަމެކެވެ. އަބަދުވެސް ޚިޔާލުގައި ހުންނާނީ އެ ބޭނުންވެގެން އުޅޭ ކަމެކެވެ. ނުވަތަ އެކަމަކާއި ގުޅުން ހުރި ކަންތައް ތަކެކެވެ. ދައްކަން ބޭނުންވާނީ ވެސް އެކަމާއި ގުޅޭ ވާހަކައެވެ.

ދިވެހިރާއްޖޭގެ ތަރައްޤީއަށް ރައީސް އަބްދުﷲ ޔާމީން ކުރައްވާ މަސައްކަތް ހަޖަމު ނުވެގެން އެވެރިކަން ނިންމާލުމަށް މަސައްކަތް ކުރާ ފަރާތްތަކުގެ ޖީބުތަކުން ޚަރަދުކުރާ މަދު ބަޔަކު ވެސް އުޅެމުން ދަނީ މިފަދަ ގޮތަކަށެވެ. ރައީސް ޔާމީންގެ ވެރިކަން ވެއްޓޭނެ އޭ ހިތައި ކޮންމެ ރެއަކު ވެސް ފަތިސް ވަންދެން މިވެރިން ހޭލައި މުޅި މާލެ ތެރޭގައި ދެކޮޅަށް ދުއްވަނީއެވެ.

ގާތްގަނޑަކަށް 10 ވަރަކަށް މީހުންގެ މި ގްރޫޕުން ކޮންމެ ރެއަކު ވެސް ގޮސް ޖުމްހޫރީ މައިދާން ހިސާބަށް މަޑުކޮށްލާފައި މިވެރިންގެ ތެރެއިން ބަޔަކު އެތަނުގައި މަޑުކޮށްގެން ތިބޭ މަންޒަރުގެ ފޮޓޯ އެއް ނަގައި ޓްވީޓް އެބަކުރެއެވެ. އެ ފޮޓޯގެ ކެޕްޝަނުގައި މި ލިޔެލަނީ. “ރައްޔިތުން ޖުމްހޫރީ މައިދާނަށް ޖަމާވަމުން” އަންނަ ވާހަކައެވެ.

<blockquote class=”twitter-tweet” data-lang=”en”><p lang=”hi” dir=”ltr”>Rayyithun dhanee masverin park ah jamaa vamun <a href=”https://t.co/cY9xcDdid0″>pic.twitter.com/cY9xcDdid0</a></p>&mdash; Mohamed Faisal #MDP2018 (@Mohamedfaisalv) <a href=”https://twitter.com/Mohamedfaisalv/status/972580472810164224?ref_src=twsrc%5Etfw”>March 10, 2018</a></blockquote>
<script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>

އެވަރަކުން ވެސް ނިމުނީ އެއް ނޫނެވެ. ފުލުހުންނާއި ސިފައިންގެ މަރުކަޒު ހިމެނޭ ހިސާބުން ސިފައިންގެ މީހަކު އެގަޑީގައި ފެނިއްޖެ ނަމަ “ވަރަށް ކަންތައް ބޮޑުވެއްޖެ” ކަމަށް ބުނެ ވެސް ޓްވީޓް ކުރަނީއެވެ.

ބެލެވޭ ގޮތުގައި އިދިކޮޅުގެ 10 މީހުންގެ ގްރޫޕަށް މިކުރެވެނީ، ރައްޔިތުން ނިދުމުން ރަށުތެރޭގެ އަމާންކަން ބެލެހެއްޓުމަށް ތިބޭ ސަލާމަތީ ޚިދުމަތުގައި މަސައްކަތް ކުރާ މީހުން އެމީހުންގެ ވަޒީފާ އަދާކުރާ ތަން އަލަށް ބަޔަކަށް ފެނުމުން ކުރެވޭ ކަހަލަ އިހްސާސެކެވެ.

އެންމެ ހެއްވާ ތަންކޮޅަކީ، އަންހެނުންނާއި ފިރިހެނުންތަކެއްގެ މައްޗަށް އެކުލެވޭ މި ގްރޫޕްތައް ފަތިސް ނަމާދުގެ ބަންގީގެ އަޑާއި އެކު ގެތަކަށް މިސްރާބު ޖަހާ ކަމެވެ. އެހިސާބުން ދެން މިވެރިން ލޮލަށް ފެންނަނީ ވެސް ހަވީރު 4 ގެ ފަހުންނެވެ. އަނެއްކާވެސް ހަރުގެ ދޮށަށް ޒުމްބާ ޖެއްސުމަށެވެ.

Leave a Reply

Your email address will not be published.