އަލީ ހަމީދު ނުހިނގޭ ކަމަށް ހެދިގެން އުޅުނީ މަކަރުން ކަން ފަޅާއަރައިފި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގައި ހުރެ އިދިކޮޅު ފަރާތްތަކުގެ އަތުން ރިޝްވަތު ނެގިކަމުގެ ތުހުމަތު ކުރެވިފައިވާ ފަނޑިޔާރު އަލީ ހަމީދު ނުހިނގޭ ކަމަށް ހެދިގެން އުޅުނީ މަކަރުން ކަން ފަޅާއަރައިފިއެވެ.

 

އަލީ ހަމީދު އޭނާއަށް ހިނގައި ނޫޅެވޭ ކަމަށް ބުނެ ދޫނިދޫ ޖަލުގައި އުޅެނީ އަސާގަނޑެއްގެ އެހީގައެވެ. މި އަސާގަނޑު ގެންގުޅެނީ މާބޮޑަށް ބަލިކަމަށް ދެއްކެން ކަން ފާޅާއަރާފައި ވަނީ މީގެ ދެތިން ދުވަސްކުރިން ތަހުގީގަށް ސުވާލުކުރުމަށް ދޫނިދޫގައި އަލީ ހަމީދު ހުންނަ ގޮޅިން ނެރުނު ފަހަރަކުއެވެ.

 

“ރުމާލު2” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ހަމީދު ގޮޅިން ނެރުމަށް ފަހު ތަހުގީގު ކުރާ ކޮޓަރިއަށް ގެންދިޔައިރު އޭނާ ދިޔައީ  އަސާގަނޑު ޖަހާފައެވެ. ތަހުގީގު ކޮޓަރީގައި ފުލުހުންނާއި ވަރަށް ގަދައަށް ޒުވާބު ކުރުމަށް ފަހު ފޯރީގައި އަލީ ހަމީދު ނިކުމެގެން ދިޔައީ އަސާގަނޑު ތަހުގީގު ކޮޓަރީގައި ބެހެއްޓުމަށް ފަހުގައެވެ.

 

މިކަން އަލީ ހަމީދަށް ރޭކާލާފައި ވަނީ، އޭނާގެ ވަކީލެއްގެ ގޮތުގައި ހާޒިރުވި ފަރާތުން އެވާހަކަތައް ބުނުމުންނެވެ. އަސާގަނޑުގެ ހަނދާން ވުމާއި އެކު އަލީ ހަމީދު ކޮންމެވެސް ވަރަކަށް ކޮރު ޖަހަން ފެށިކަމަށް ވެއެވެ .

 

Leave a Reply

Your email address will not be published.