“ކަމެއްކޮށްފިނަމަ ފަޅާލާނެ” ކަމަށް ބުނެ އައްޑޫ މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އިންޒާރު ދިން!

އައްޑޫ ސިޓީގައި ފެބްރުއަރީ މަހުގެ23 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ފުލުހުންނަށް ވަރުގަދަ އިންޒާރުތަކެއް ދީފައިވާކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް(އެޗްއާރްސީއެމް) އިން ފާހަގަކޮށްފިއެވެ.

އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ މަދު ބަޔަކު ބައިވެރިވި މުޒާހަރާގައި ބައިވެރިވި އަންހެނުން ފުލުހުންނަށް އަމާޒުކޮށް ހަޑި ހުތުރު ބަހުން ވެސް   މުޚާތަބުކޮށްފައި ވާއިރު، ބައެއް ފުލުހުން ގަޔަށް ވެސް އަތްލާފައި ވެއެވެ.

ފުލުހުންނަށް އިންޒާރު ދިނުމުގެ އިތުރުން އައްޑޫ މުޒާހަރާގެ ބައިވެރިން އެޗްއާރްސީއެމްގެ މުވައްޒަފުންނަށް ވެސް އިންޒާރު ދީފައިވާ ކަމަށް އެ    ކޮމިޝަނުން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published.