މާލޭގެ ގެތަކުގައި ކުއްޔަށް އުޅޭ ސިފައިންނާއި ފުލުހުން ގެތަކުން ނެރެން ގޮވާލައިފި

ވެރިރަށް މާލޭގެ ގެތަކުގައި ކުއްޔަށް ދިރިއުޅެމުން ގެންދާ ސިފައިންނާއި ފުލުހުން އެ ގެތަކުން ނެރުމަށް އެމްޑީޕީގެ ޕްރޮޕެގަންޑާ ފެތުރުމުގައި ސޯޝަލް މީޑީޔާގައި އެންމެ އިސް ދައުރެއް އަދާކުރަމުން ގެންދާ ތޮއްޔިބް ޝަހީމް ގޮވާލައިފިއެވެ.

ތޮއްޔިބް މިގޮތަށް ގޮވާލުމާއި ގުޅިގެން އެކަމަށް ތަރުހީބު ދީ އެމްޑީޕީގެ އިސްބޭފުޅުން ވެސް ވަނީ ތޮއްޔިބްގެ އެ ވާހަކަތައް ރީޓްވީޓް ކުރައްވާފައެވެ. އަބަދުވެސް ސިފައިންނާއި ފުލުހުންނަށް އަނިޔާވެރިވުމަށް ހިތްވަރުދޭ އެމްޑީޕީގެ ބޮޑުން ތޮއްޔިބުގެ ވާހަކަތަކަށް ތާއީދުކޮށްފައިވާއިރު، އެފަދަ ގޮތަކަށް ސަލާމަތީ ބާރުތަކުގެ ބަޔަކު ގެތަކުން ނެރެލައިފި ނަމަ އޭގެ ސަބަބުން އެތައް އާއިލާއެއް ނިކަމެތިވެގެން ދާނެއެވެ.

 

މިއީ ވެރިކަމާއި ހުރެ ހޭވެރިކަން ފިލައިގެން ގޮސްފައިވާ އެމްޑީޕީން މިފަހަކަށް އައިސް ވަރަށް ބޮޑަށް ރޭރުވެ، ސިފައިންނާއި ފުލުހުންނިކަމެތި ކުރުމަށް ކުރާ މަސައްކަތަށް އިތުރުވި ބޮޅެކެވެ.

މީގެ ކުރިން ވެސް ފުލުހުންނާއި ސިފައިންގެ މުދަލަށާއި އެމީހުންގެ ނަފްސަށް އެމްޑީޕީގެ ރޫހާނީ ލީޑަރުގެ ބަސް ގަބޫލުކޮށް ނިކުތް މީހުން އެތައް ފަހަރަކު އަނިޔާކޮށްފައިވާ ކަން ފާހަގަކޮށްލެވެއެވެ.

Leave a Reply

Your email address will not be published.