ރިޔާސީ އިންތިހާބަށް ސިހުރު ޖެހޭ މަހްލޫފްގެ އަގު މިފަހަރު ކިހާ ވަރެއް؟

އިދިކޮޅު ފަރާތްތަކުގެ ތަރުޖަމާނުގެ ގޮތުގައި މަސައްކަތް ކުރާ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދް މަހްލޫފުގެ އަގު މިދުވަސްވަރު ބާޒާރުގައި އުޅެނީ ކިހާވަރަކަށްތޯ ބަލަން ޖެހެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އަދި މަހްލޫފަށް ސިހުރު ޖެހިފައި ހުރިތޯ ވެސް ބަލަން ޖެހޭ ސަބަބުތައް އެބަހުއްޓެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު މަހްލޫފަށް ސިހުރެއް ޖެހުނު ކަމުގެ ވާހަކަ ދެކެވެން ފެށިއެވެ. އިސާހިތަކު ޕީޕީއެމްގެ ހަރަކާތްތަކުން މަހްލޫފް ގެއްލެން ފެށިއެވެ. މަހްލޫފަށް ކުރިމަތިވި ސިހުރަށް ފަރުވާ ދިނުމަށް ރާއްޖޭގެ ކަންކޮޅުތަކުން ފަންޑިތަވެރިންނާއި ރުޤިއްޔާ ކުރާ މީހުން ގެނެސްގެން ވެސް މަހްލޫފަށް ޖެހުނު ސިހުރު ރަގަޅު ކުރެވޭ ގޮތެއް ނުވިއެވެ.

އެ ސިހުރުގެ ކަންތަކުން މަހްލޫފް ސަލާމަތްވީ މަހްލޫފް ނުލިބިގެން އުޅުނު ފަދަ ރީލޯޑެއް ލިބުމުންނެވެ. އެހިސާބުން މަހްލޫފަށް ޖެހުނީ ސިހުރު ނޫން ކަމާއި އެފަކީރު ރީލޯޑަކަށް އެދި ސިހުރު ޖެހުނުކަން ހާމަވީއެވެ.

އޭގެ ފަހުން ދުވަސްތަކެއް ވުމަށްފަހު 2015 ވަނަ އަހަރުގެ ތެރޭގައި އަނެއްކާވެސް މަހްލޫފަށް އެއްކަލަ ސިހުރުގެ ކަންތައް ލައިގަތެވެ. މިފަހަރުވެސް އަތްމަތި ދަތިވެ ރީލޯޑަކަށް ބޭނުންވި ހިސާބުންނެވެ. އެހެން ނަމަވެސް ފައިސާގެ ފަހަތުން ދުވާ މަޖިލިސް މެންބަރުން ގެންގުޅުމަކީ ޕީޕީއެމް ގަބޫލުކުރާ ސިޔާސަތަކަށް ނުވާތީ މަހްލޫފަށް އެފަދަ ރީލޯޑެއް ނުލިބުނީއެވެ.

އެހިސާބުން މަހްލޫފަށް ރީލޯޑް ދޭން އެއްބަސްވެ މަހްލޫފް ގަނެލީ އެމްޑީޕީންނެވެ. އެއަށް ފަހު މަހްލޫފަށް ކެނެރީގޭ ލާދީނީ ނަޝީދު ވަރެއް ނެތީއެވެ. އެހެން ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ، މިއަދުވެސް އެމްޑީޕީ އާއި އިދިކޮޅު ފަރާތަކުން މަހްލޫފަށް ރީލޯޑެއް ކޮށްލާނެ ކަމުގެ އިޝާރާތެއް ލިބޭއިރަށް، އެމްޑީޕީ އާއި ދެކޮޅުވާ ސިހުރު ޖެހޭނެ ކަމެވެ.

އެހެން ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުވެސް ބޮޑުވެފައިވާއިރު، މި ދުވަސްވަރު މަހްލޫފަށް ކުރަން ޖެހޭ ރީލޯޑްގެ އަދަދު ނުވަތަ މަހްލޫފްގެ އަގު އުޅޭނީ ތަންކޮޅެއް މަތީގައި ކަމަށް ބެލެވެއެވެ.

Leave a Reply

Your email address will not be published.