ރައީސް ޔާމީން ވޯލްޑްކަޕް ތަށި އުފުލައިފި، ދެން އެމްޑީޕީން ވޯލްޑްކަޕް ބޮއިކޮޓް ކޮށްލާ!

ފީފާ ވޯލްޑް ކަޕް ޓްރޮފީ އުފުލާލި ފުރަތަމަ ދިވެހި ރައްޔިތަކަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވެވަޑައިގެންފައި ވާއިރު އެއީ ދިވެހި ފުޓްބޯޅަ އާއިލާއަށް ލިބުނު ފަޚުރެކެވެ. އެކަން ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބަލައިގަތެވެ.

 

އެހެން ނަމަވެސް، ކޮންމެ ކަމެއްގައި ވެސް ސިޔާސީ ކުލަ ޖައްސައި އެކަމަކުން ސިޔާސީ މަންފާ ހޯދަން މަސައްކަތް ކުރާ އިދިކޮޅު އެމްޑީޕީގެ ކުދިންނަށް ހަޖަމުގެ މައްސަލަ ކުރިމަތި ވީއެވެ. ރައީސް ޔާމީން ވޯލްޑްކަޕް ޓްރޮފީ އުފުލާލުން އެމްޑީޕީ މެންބަރުންނަށް ވީ “ކަން ދެއްކުން” ކަމަށެވެ.

 

އެހެން ނަމަވެސް އެއީ ކެނެރީގޭ ނަޝީދު ބޭރު ގައުމުތަކުގެ މީހުންނަށް ފައިސާ ދީގެން ކުޅުނު ފިލްމު ފަދަ ކަމެއް ނޫނެވެ.  ޓްރޮފީ އުފުލާލުމުގެ ފުރުސަތު ރައީސް ޔާމީން އަށް ލިބިވަޑައިގަތީ ދިވެހިންގެ މެދުގައި އެމަނިކުފާނުގެ މަޤްބޫލުކަން އޮތް މިންވަރުންނެވެ. އެއީ ރާއްޖެއަށް ވޯލްޑްކަޕް ޓްރޮފީ ގެނައި ފަރާތުގެ ނިންމުމެކެވެ.

 

ސޯޝަލް މީޑިޔާގައި އެމްޑީޕީ މެންބަރުންގެ ފާޑުކިޔުންތަކާއި “ޖެލަސީ ލެވެލް” ހުރި މިންވަރަށް ބަލާއިރު މިއަހަރުގެ ޖޫން މަހު ފަށާ ވޯލްޑްކަޕް ބޮއިކޮޓް ކުރުމަކީ ވެސް ދުރުގައި ވާކަމެއް ނޫނެވެ. އެހެން ބުނަން ޖެހެނީ އެމްޑީޕީގެ ހާޑްކޯ އެކްޓިވިސްޓުން މާޒީގައި ކެނެރީގޭ ނަޝީދުގެ އޯޑަރަށް ނަފްސު ގުރުބާންކޮށްފައިވާތީއެވެ.

Leave a Reply

Your email address will not be published.